ކުޅިވަރު

ޕޯޗްގަލް އެއްވަރުވެ ދެވަނަ ބުރުން ޖާގަ ހޯދަން އިތުރު އިންތިޒާރެއް


ޕޯޗްގަލް އެއްވަރުވެ ދެވަނަ ބުރުން ޖާގަ ހޯދުމަށް އިތުރުއިންތިޒާރެއް ކުރަން ޖެހިއްޖެއެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗްގަލްއާއިއޮސްޓްރިއާ ވަދަކުރި މެޗް ނިމުނީ ލަނޑެއް ނުޖެހިއެވެ.

 މެޗްގައި ލަނޑުޖަހާނެ ގިނަފުރުސަތުތަކެއް ޕޯޗްގަލްއަށް ލިބުނެވެ. ދެވަނަ ހާފްގައި ޕޯޗްގަލްއަށް ލިބުނުޕެނަލްޓީ ރޮނާލްޑޯ ފޮނުވާލިއިރު ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. މިއީ މިފަހަރުގެޔޫރޯގައި ކާމިޔާބު ނުކުރެވުނު ފުރަތަމަ ޕެނަލްޓީއެވެ. މީގެ އިތުރުންވެސް ރޮނާލްޑޯއަށްލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. 

ޕޯޗްގަލް އެއްވަރުވެ ދެޕޮއިންޓާއެކުގްރޫޕްގެ ތިންވަނައިގައި އޮތްއިރު މިގްރޫޕްގެ އެއްވަނައިގައި 4  ޕޮއިންޓާއެކުއޮތީ ހަންގޭރީއެވެ. 

ގްރޫޕްގެ ފަހު މެޗްގައި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމަށްޕޯޗްގަލް ނިކުންނަން ޖެހޭނީ ހަންގޭރީއާ ދެކޮޅަށެވެ. އެއް ޕޮއިންޓާއެކު އޮތް އޮސްޓްރިއާ ނިކުންނާނީ އައިސްލޭންޑާ ދެކޮޅަށެވެ.