ކުޅިވަރު

ދެވަނަ ބުރަށް ދިއުމުގެ އުއްމީދު ބެލްޖިއަމްއަށް


ރިޕަބްލިކް އޮފް އަޔަރލެންޑް ބަލިކޮށް ދެވަނަ ބުރަށްދިއުމުގެ އުއްމީދު ބެލްޖިއަމް ހޯދައިފިއެވެ. މިއަދު ގްރޫޕް އީގައި ބެލްޖިއަމްއާރިޕަބްލިއަކް އޮފް އަޔަރލެންޑް ވާދަކުރި މެޗް ބެލްޖިއަމް ކާމިޔާބުކުރީ ތިންލަނޑުސުންލަނޑުންނެވެ.

 މެޗްގައި ބެލްޖިއަމްގެ ތިންލަނޑު ކާމިޔާބުކޮށްދިނީ ލުކާކޫ އަދިވިޓްސަލްއެވެ. ލުކާކޫ ވަނީ މިމެޗްގައި ދެލަނޑު ކާމިޔާބުކޮށްފައެވެ. މެޗުން މޮޅުވެބެލްޖިއަމް ތިން ޕޮއިންޓް ހޯދިއިރު، މިގްރޫޕުން އިޓަލީ ވަނީ ދެވަނަ ބުރުގެ ޖާގަޔަޤީންކޮށްފައެވެ. އިޓަލީއަށް ހަޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައިވާބެލްޖިއަމްއަށް ލިބެނީ ތިން ޕޮއިންޓެވެ. އަދި ސްވިޑްންއާ ރިޕަބްލިކް އޮފްއަޔަރލެންޑަށް ލިބެނީ އެންމެ ޕޮއިންޓެކެވެ. 

ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތުގްރޫޕްގެ އަނެއް ތިން ޓީމަށްވެސް އެބައޮތެވެ. މިގްރޫޕްގެ ަފހު މެޗްތަކުގައި ބެލްޖިއަމްނިކުންނާނީ ސްވިޑްންއާ ދެކޮޅަށެވެ. އަދި ރިޕަބްލިކް އޮފް އަޔރަލެންޑް ނިކުންނާނީއިޓަލީއާ ދެކޮޅަށެވެ.