ކުޅިވަރު

ކްރޮއޭޝިއާ މެޗް ސްޕެއިން މެޗާ އެއްގޮތްވާނެ - ވާބާ


ޔޫރޯގައި މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫޕްގައި ކަމަށާއިގްރީޕްގެ ކޮންމެ މެޗަކީވެސް ވަރުގަދަ މެޗެއް ކަމަށް ޗެކްރިޕަބްލިކްގެ ކޯޗް ވާބާބުނެފި. 

ކްރޮއޭޝިޔާއާ ދެކޮޅަށް ނިކުންނަ މެޗާ ގުޅޭ ގޮތުން ވާހަކަދައްކަމުން ޕަވެލްވާބާ ބުނީ ކްރޮއޭޝިއާ އަކީ ސްޕެއިން ގޮތައް ކުޅޭ ޓީމެއް ކަމަށާއި، އެޓީމްގެ ކޮންމެކުޅުންތެރިއަކީ ހުނަރު ހުރި ތަފާތު ދައްކުވައިދޭ ކުޅުންތެރިންތަކެއް ކަމަށެވެ.ސްޕެއިން މެޗުން ޕޮއިންޓެއް ނުލިބި ދެވަނަ މެޗްގައި ކްރޮއޭޝިއާ އާއި ދެކޮޅަށްނިކުންނަ އިރު ހުރިހާވެސް ޕްރެޝަރެއް އޮތީ ޗެކްރިޕަބްލިކަށް ކަމަށް ޕަވެލް ވާބާބުންޏެވެ. 

" ކްރިއޭޝިއާގައި އެބަތިބި ރެއާލްމެޑްރިޑާ ބާސެލޯނާއަށް ކުޅޭ ކުޅުންތެރިން. ކުޅުމުގެ ސްޓައިލް އެންމެ ވައްތަރުވާނީ ސްޕެއިންއާ. އެހެންވީމަ މިމެޗްވެސް ވެގެންދާނި ސްޕެއިން މެޗާ އެއްކަހަލަ މެޗަކަށް" ވާބާ ބުންޏެވެ.

ކްރޮއޭޝިއާގެ ކޯޗް ސަސިޗް ބުނީ މިމެޗްގައި އެޓީމަށް އެންމެ އުނދަގޫވާނީޗެކްގެ ރޮސިސްކީ ހިފެހެއްޓުން ކަމަށާއި ތޯމަސް ރޮސިސްކީއަކީ ތަފާތު މޮޅު ކުޅުންތެރިއެއްކަމަށެވެ. ދެވަނަ ބުރުގެ ޖާގަ ޔަޤީން ކުރަން މިމެޗުން ކޮންމެހެން މޮޅުވުން މަޖުބޫރުކަމަށް ސަސިޗް ބުންޏެވެ. 

ގްރޫޕްގެ ފުރަތަމަ މެޗުން ޗެކްރިޕަބްލިކް ސްޕެއިން އަތުންބަލިވިއިރު، ކްރޮއޭޝިއާ ވަނީ ތުރުކީގެ މައްޗަށް ކުރިހޯދާފައެވެ. ކްރޮއޭޝިއާ އަދިޗެކްރިޕަބްލިކް ކުޅޭ މެޗް ފަށާނީ މިއަދު ރާއްޖެގަޑިން ރޭގަނޑު ނުވައެއްޖަހާއިރުއެވެ.