ޚަބަރު

ބޭންކިން ޚިދުމަތްތައް ރަސްމީ ހުރިހާ ދުވަހެއްގައި އާއްމުންނަށް ލިބޭނެ: އެމްއެމްއޭ


  • އެމްއެމްއޭއިން ވަނީ ވަކިވަކި ޚިދުމަތްތައް ލިބިގެންދާނެ ގަޑިތައްވެސް އިއުލާންކޮށްފަ

ބޭންކިން ޚިދުމަތްތައް ރަސްމީ ހުރިހާ ދުވަހެއްގައި އާއްމުންނަށް ލިބޭނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭއިން ވިދާޅުވީ މީގެ ކުރިން އެޕޮއިންޓްމަންޓް އުސޫލުން ހަފްތާގެ އަންގާރަ އަދި ބުރާސްފަތި ދުވަހުގައި އެމްއެމްއޭ އިން އާންމުންނަށް ދެމުންގޮސްފައިވާ ބޭންކިން ޚިދުމަތްތައް މިއަދުން ފެށިގެން އެ އޮތޯރިޓީ ހުޅުވާފައި ހުންނަ ކޮންމެ ދުވަހަކުވެސް ދޭ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން ބޭންކިން ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ކިއު ތަރުތީބުން ކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.

އެމްއެމްއޭއިން ވަނީ ވަކިވަކި ޚިދުމަތްތައް ލިބިގެންދާނެ ގަޑިތައްވެސް އިއުލާންކޮށްފައެވެ.

  • • ކުދި ރުފިޔާ ދޫކުރުމާއި ވަކި ލާރި ދޫކޮށް އަދި ބަލައިގަތުން: ހެނދުނު 08:30 އިން މެންދުރު 11 އަށް.
  • • ހަލާކުވެފައިވާ ނޫޓަށް ބަދަލު ދިނުން: ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް.
  • • އެހެނިހެން ޚިދުމަތްތައް: ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް.

އެމްއެމްއޭއިން މި ބަދަލުތައް ގެނެސްފައިވަނީ އާންމު ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތްދިނުމަށްކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.