ޚަބަރު

ދައުލަތުގެ މުދާ އެއްރަށުން އަނެއް ރަށަށް ގެންދާ އުސޫލަށް ބަދަލެއް


ދައުލަތުގެ ބޭނުމަށް އެއް ރަށުން އަނެއް ރަށަށް ގެންދާ މުދާ، އިންޝުއަރކޮށްފައިވާ އުޅަނދުފަހަރުގައި އުފުލާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ ދައުލަތުގެ ބޭނުމަށް އެއް ރަށުން އަނެއް ރަށަށް ގެންދާ މުދާ އުފުލުމަށް މިހާރު ބޭނުންކުރާ ބައެއް އުޅަނދުފަހަރަކީ، އިންޝުއަރކޮށްފައިނުވާ އުޅަނދުފަހަރުކަމަށްވުމާއެކު، ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގެ ސަބަބުން މުދަލަށް ލިބޭ ގެއްލުމަށް ސަރުކާރުން ބޮޑެތި ހޭދަކުރައްވަން ޖެހިވަޑައިގަންނަވާތީ، މިފަދަ ކަންކަމަށް ދައުލަތުގެ ބަޖެޓުން ކުރައްވަން ޖެހޭ ޚަރަދު ކުޑަކުރެއްވުމުގެ ގޮތުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.