ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.3 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، އެސަރވިސްގެ އިންޓަލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.
ކަސްޓަމްސްއިން ވިދާޅުވީ، ރާއްޖެއަށް އެތެރެކުރަން އުޅުނު 3.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ރާއްޖެއަށް އެތެރެކުރަން ގެނެސްފައިވާ މުދާހުރި ކޮންޓެއިނަރެއްގެ ތެރެއިންކަމަށެވެ. މިތަކެތި އަތުލައިގަތީ މާލޭ ކޮމަރޝަލް ހަރބަރއިންކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
ކަނޑުމަގުން ރާއްޖެއެތެރެކުރަން އުޅުނު 3.3 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
— Maldives Customs Service (@CustomsMv) November 11, 2024
🔹ބާވަތް:
ކެނެބިސް -2282 ގްރާމް
ކެތިނޯން - 1038 ގްރާމް
🔹ޖުމްލަ ބަރުދަން: 3.3 ކިލޯގްރާމް
🔹ތާރީޚް: 10 ނޮވެމްބަރު 2024@HomeMinistrymv @CG_Customsmv pic.twitter.com/Ea3FEpzlmQ
ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވާ ހިފެހެއްޓުމަށް ކަމާ ބެހޭ އެކި މުއައްސަސާތަކުންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން މިދިޔަ އަހަރު މަސްތުވާތަކެތި އަތުލައިގަނެވޭ މިންވަރު %60 އިތުރުވެފައިވާކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.