ހުޅުމާލޭ ނެރު ކައިރިން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެ ފަރުވާދެމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ ނެރު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް މިރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓުގައި އެތަނުން އެއް ލޯންޗުގައި ތިބި ދެ މީހުންނަށް އަނިޔާ ވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި އެއީ 2 ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ދަނީ އެކްސިޑެންޓު ހިނގި ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.