ޚަބަރު

މާރާމާރީތަކާ ގުޅިގެން އިދިކޮޅުފަރާތްތަކުގެ ކަންބޮޑުވުން


ފަހަކަށް އައިސް މާލޭގައި ހިނގި މާރާމާރީތަކާއި މަރުގެ ޙާދިސާތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ އިއްތިޙާދުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިދިކޮޅު މައި ޕާޓީ، އެމް.ޑީ.ޕީގެ ނާއިބުރައީސް މުޙައްމަދު ޝިފާޒް ވަނީ ފަހަކަށް އައިސް ރާއްޖޭގައި މަރުގެ ޙާދިސާތަކާއި މާރާމާރީތައް އިތުރުވެފައިވާތީ އެކަން ކުށްވެރިކުރައްވައި، އެފަދަ ކަންކަން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

މިފަދަ ޙާދިސާތައް ހުއްޓިފައި ނުވަނީ ސަރުކާރުން އެކަމަށް އެކަށީގެންވާ ފިޔަވަޅު އަޅުއްވާފައި ނުވާތީކަމަށް ޝިފާޒް ތުހުމަތު ކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ އިއްތިޙާދުން ވަނީ ރާއްޖޭގައި ގޭންގް ޙަރަކާތްތައް ހުއްޓުވިފައި ނުވަނީ ސަރުކާރުން އެކަން ހުއްޓުވުމަށް މަސައްކަތް ކޮށްފައިނުވާތީކަމަށް ތުހުމަތު ކޮށްފައެވެ. އަދި ސަރުކާރުގެ ތެރެއިން ގޭންގްތަކަށް ބާރުދޭކަމަށްވެސް ތުހުމަތުކުރެއްވިއެވެ. އެހެންނަމަވެސް ގޭންގް ހަރަކާތްތަކާއި، ކުޑަކުދިންގެ ކުށްކުރުން ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަރުކާރު ވުޖޫދަށް އައިފަހުން ގޭންގްތަކުގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި މޮނިކޮން ތަޢާރަފްކުރައްވައި، ގޭންގްތަކުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކުގެ ފައިގައި ޓެގް ހަރުކޮށް، އެމީހުންގެ ޙަރަކާތްތައް މޮނިޓަރ ކުރައްވަން ވަނީ ފަށްޓަވާފައެވެ.

މީގެ އިތުރުން ކުޑަކުދިން ކުށްކުރުމުގެ މާޙައުލުން ދުރުކުރުމަށްޓަކައި ޚާއްޞަ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ވަނީ ފަށްޓަވާފައެވެ. މިއާއެކު ކުޑަކުދިން ކުށުގެ ވެށީގައި ގެންގުޅޭ ނެޓްވޯކްތައް ފުނޑު ފުނޑުވެގެންދާނެކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.