ޚަބަރު

14 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގައި 2 މީހަކު ހޯދަނީ


މި ޖޫން މަހުގެ 3 ވީ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިންގި މާރާމާރީގައި އުމުރުން 14 އަހަރުގެ ކުއްޖަކު މަރާލި މައްސަލައާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން ފައްޓަވައިފިއެވެ.

ފުލުހުން ހޯދަން ފައްޓަވާފައިވަނީ، ގދ. ތިނަދޫ،  ލަވްނެސްޓް، އުމުރުން 15 އަހަރުގެ އިބާދަތު ލަޠީފު އާއި ކ. މާލެ، މާފަންނު ކުރިރުއްގެ، އުމުރުން 21 އަހަރުގެ އިރުފާން ރުޝްދީއެވެ. 

އިބާދަތު ލަޠީފާއި އިރުފާން ރުޝްދީއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ އެދިވަޑައިގެންފައެވެ.