ޚަބަރު

ޓްރިނިޑާޑް އެންޑް ޓޮބެގޯގެ ކޯޗަކަށް ޑްވައިޓް ޔޯކް ހަމަޖައްސައިފި


މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވާޑް ޑްވައިޓް ޔޯކް، އޭނާގެ އުފަން ގައުމު ކަމަށްވާ ޓްރިނިޑާޑް އެންޑް ޓޮބެގޯގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފިއެވެ.

އުމުރުން 52 އަހަރުގެ ޑްވައިޓް ޔޯކް ވަނީ ގައުމީ ޓީމަށް 72 މެޗު ކުޅެދީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެޓީމުގެ ކެޕްޓަންގެ ޒިންމާ އަދާކޮށްފަ އެވެ. 1989 އިން 2009 ވަނަ އަހަރާއި ދެމެދު އޭނާ ވަނީ ގައުމީ ޓީމަށް 19 ގޯލު ޖަހައިދީފަ އެވެ.

އަދި 2009 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު ޑްވައިޓް ޔޯކް ވަނީ ޓްރިނިޑާޑް އެންޑް ޓޮބެގޯގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކުރިން މަސައްކަތް ކޮށްފަ އެވެ. މިއީ އޭނާ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ އޮސްޓްރޭލިއާގެ އޭ ލީގުގެ ކްލަބް މެކާތޫ އަށް 23-2022 ވަނަ އަހަރުގެ ސީޒަނުގައި ކޯޗުކޮށްދީފަ އެވެ.

މެކާތޫ އާއިއެކު އޭނާ ހޭދަކުރި ދުވަސްތަކުގައި ކުޅުނުނ 19 މެޗުގެ ތެރެއިން 10 މެޗުން މޮޅުވެފައިވާއިރު އޭނާ ވަނީ އެ ކްލަބަށް އޮސްޓްރޭލިއަން ކަޕް ކާމިޔާބުކޮށްދީފަ އެވެ.

ޓްރިނިޑާޑް އެންޑް ޓޮބޭގޯ ގެ ކޯޗުކަމާއި ހަވާލުވުމަށްފަހު ޑްވައިޓް ޔޯކު ބުނެފައިވަނީ މިއީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. އަދި ޓްރިނިޑާޑްގައި ތިބި ޒުވާން ހުނަރުވެރި ކުޅުންތެރިންނާއިއެކު މަސައްކަތް ކުރުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށްވެސް ޔޯކް ވަނީ ބުނެފަ އެވެ.

އަދި ކޮންކާކަފް ގޯލްޑް ކަޕްގެ ސެމީ ފައިނަލަށް 2000 ވަނަ އަހަރު ޓްރިނިޑާޑް އެންޑް ޓޮބެގޯ ގެންގޮސްދީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ކެޕްޓަންކަން ކޮށް އެ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާކަމީ ލިވެބި ބަދަލު ނުކުރެވޭނެ ކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.