ޚަބަރު

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލައިފި


މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލައިފިއެވެ.

ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މި މާރާމާރީގައި ޒަޚަމްވި 21 އަހަރުގެ ޒުވާނާއަށްް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އޭނާގެ ހާލު ސީރިއަސްކަމަށާއި ނަމަވެސް ފުރާނައަށް ނުރަކަލެއް ނެތްކަމަށް ހޮސްޕިޓަލާއި ހަވާލާދެއްވާ ފުލުހުން ވިދާޅުވެއެވެ.

މިރޭ 10:00 އެހާކަންހާއިރު މި މާރާމާރީ ހިނގާފައިވަނީ، ހެންވޭރު ނޫރު މިސްކިތް ކައިރީގައި ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.