ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގެމްބިޔާގެ ފަސްޓް ލޭޑީ ފާތުމައްޓާ ބައްބަރޯއާ ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން އޮތީ، މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ. މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެޤައުމުގައި ހުރި އެއްގޮތް ނާޒުކު މައްސަލަތައް ޙައްލުކުރުމަށް މުޖުތަމަޢު ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް އެކުލަވާލުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.
First Lady Madam Sajidha meets the First Lady of The Gambia https://t.co/jQMuwXDSrz pic.twitter.com/WOqIIiZRao
— The President's Office (@presidencymv) October 30, 2024
މީގެއިތުރުން މެރކް ފައުންޑޭޝަންގެ ފަރާތުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާ އޭޝިއާ އަދި އެފްރިކާގެ ޤައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. މިގޮތުން މުޅި ދުނިޔެއަށް ބަލާއިރުވެސް، ކޮންމެ ޤައުމަކަށް ނިސްބަތްވީނަމަވެސް އަންހެނުންނަށް އެއް ބާވަތްތަކެއްގެ ދަތިތަކެއް ކުރިމަތިވެފައިވާކަން ދެބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.