ޚަބަރު

10 ރަށެއްގައި ސްޕޯޓްސް އެރީނާ ތަރައްޤީކުރަނީ


10 ރަށެއްގައި ސްޕޯޓްސް އެރީނާ ތަރައްޤީކުރުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުޞަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރައްވާފައިވާ އިޢުލާންގައި ވަނީ ހއ. ތަކަންދޫ، މާރަންދޫ، ފިއްލަދޫ، ހދ.ވައިކަރަދޫ، ނޮޅިވަރަންފަރު، ނޭކުރެންދޫ، ނެއްލައިދޫ، މަކުނުދޫ، ކުމުންދޫ އަދި ކުޅުދުއްފުށީގައި ސްޕޯޓްސް އެރީނާ ތަރައްޤީކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައްވާފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި ބީލަންތަކުގައި ބައިވެރިވެވޭނީ ހައުސިންގ މިނިސްޓްރީގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

މިރަށްތަކުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ފުޓްސަލް ގްރައުންޑާއި، ވޮލީ ބޯލް ކޯޓާއި، ބަށި ކޯޓް ހިމެނޭގޮތަށެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ ޕްރޮޖެކްޓްގެ ބިޑް ހުޅުވުން އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުކަމަށެވެ.