ޚަބަރު

އެސިޑާއި ކެމިކަލް ރާއްޖެއަށް އެތެރެކުރަން ހުއްދަ ހޯދަންޖެހޭ


ނުރައްކާތެރި ކެމިކަލާއި، އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި، ބާވަތްބާވަތުގެ ވިހަ، ޑިފެންސް މިނިސްޓްރީގެ ހުއްދައެއް ނެތި ރާއްޖެ އެތެރެކުރުން މަނާކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓްރީން ވިދާޅުވީ ބައެއް ފަރާތްތަކުން، ނުރައްކާތެރި ކެމިކަލާއި، އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި، ބާވަތްބާވަތުގެ ވިހަ، ރާއްޖެ ގެންނަކަން ފާހަގަކުރެވެމުންދާކަމަށެވެ.

ޑިފެންސް މިނިސްޓްރީން މިއަދު  ނެރުއްވި އިޢުލާނެއްގައި ވިދާޅުވެފައިވަނީ މީގެ  ފަހުން ނުރައްކާތެރި ކެމިކަލް، ރާއްޖެއަށް އެތެރެކުރަން ބޭނުންވާ ފަރާތްތަކުން އެފަދަ ތަކެތި ރާއްޖެއަށް ގެންނަން ވާނީ، އެ ތަކެތި ރާއްޖެއަށް ގެނައުމުގެ ކުރިން އެ މިނިސްޓްރީއަށް ހުށައަޅާ ލިޔުމުން ހުއްދަ ހޯއްދައިގެންކަމަށެވެ. އަދި މިފަދަ ތަކެތި އެތެރެކުރުމުގެ ހުއްދަދެވޭނީ، އެ ތަކެތި ގުދަންކުރާ ތަން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ކަމަށާއި ކެމިކަލް ރައްކާކުރާ ގުދަންތައް ހުންނަންވާނީ މިނިސްޓްރީން ކަނޑައަޅާ މިންގަޑަކަށް ކަމަށްވެސް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.