ޚަބަރު

އެމްޓީސީސީގެ ސީއީއޯއާއި އެމްއާރުޑީސީގެ އެމްޑީ މަޤާމުން ވަކިކޮށްފި


މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެމް.އާރ.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މިއަދު މަޤާމުން ވަކި ކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ފަރާތުން ޕީ.އެސް.އެމްއަށް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ، އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯކަމުގެ މަޤާމުން އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް، އަދި އެމް.އާރ.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުން އިބްރާހީމް ނަޒީމް މިއަދު ވަކިކުރައްވާފައިވާކަމަށެވެ.އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯކަމުން އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވަކިކުރައްވާފައިވާއިރު، އެކުންފުނީގެ ބޯޑު މެމްބަރުކަމުން ސިނާން އަލީވެސް މިއަދު ވަނީ ވަކިކުރައްވާފައެވެ.