ޚަބަރު

ރޭ ހިނގި ލޯންޗް އެކްސިޑެންޓް: ފަރުވާއަށްފަހު 2 މީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލައިފި


  • ފަރުވާ ދިނުމަށް 20 މީހަކު ހޮސްޕިޓަލަށް ގެންދިޔަކަމަށް އައިޖީއެމްއެޗްއިން ވިދާޅުވޭ

ދެ ލޯންޗެއް ޖެހި ރޭހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން 2 މީހަކަު ފިޔަވާ އެހެން އެންމެން ފަރުވާއަށްފަހު ދޫކޮށްލައިފިއެވެ.

ގުޅީފަޅު ކައިރިން 2 ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވަނީ ރޭ 19:34 ހާއިރުކަމަށް ފުލުހުން ހާމަކުރައްވާފައިވެއެވެ. މި އެކްސިޑެންތްގައި އަނިޔާވެގެން 20 މީހަކު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި އެ 20 މީހުންގެ ތެރެއިން 2 މީހަކަށް އެމަޖެންސިގައި ފަރުވާ ދެމުންދާކަމަށާއި ބަކީ އެންމެން ދޫކޮށްލާފައިވާކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ. ފަރުވާ ދެމުންގެންދާ މީހުންނަށް ލިބިފައިވަނީ ކޮން ކަހަލަ އަނިޔާތަކެއްކަން ހޮސްޕިޓަލުން އަދި ހާމަކުރައްވާފައި ނުވެއެވެ.

މެރިން ޕޮލިސްއިން ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި، އެކްސިޑެންޓުވި އެއް ލޯންޗަކީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުގެ ލޯންޗެކެވެ. އެ ލޯންޗުގެ ކުރިމައްޗާއި ދެ އަރިމައްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.