ޚަބަރު

ނުރައްކާތެރި ލޯންޗު އެކްސިޑެންޓެއް ހިނގައި 12 މީހަކަށް ފަރުވާދެނީ


  • އެންމެނަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގައި

ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި 12 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ހާލު ސީރިއަސް ނޫންކަމަށެވެ.

ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވަނީ ގުޅީފަޅު ކައިރިންކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭ 19:34 ހާއިރު ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި ހާދިސާ އަނިޔާވި އެންމެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވެފައެވެ. ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.