ޚަބަރު

2 ޑިންގީ ޖެހި އެކްސިޑެންޓެއް!


  • ފުލުހުން ދަނީ ހަރަކާތްތެރިވަމުން

ހުޅުމާލެ ވެމްކޯ ޖެޓީއާ ދިމާލުން 2 ޑިންގީ ޖެހިގެން ހިނގި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެކްސިޑެންޓްގެ މައުލޫމާތު ފުލުހުން ދެއްވިއިރު ފުރަތަމަ ވިދާޅުވީ މިހާދިސާގައި މީހަކު ގެއްލިފައިވާކަމަށާއި އޭނާ ހޯދަމުންދާކަމަށެވެ. ނަމަވެސް ފުލުހުން ފަހުން ވިދާޅުވީ ގެއްލުނީ ޑިންގީގައި ހުރި ބައެއް ތަކެތިކަމަށެވެ. އަދި އެ ތަކެތި މޫދުން ނަގާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއްް ނުވެއެވެ. ފުލުހުން ވިދާޅުވީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށެވެ.