ދީން

45 ވަނަ ފަލާޙް ޤުރުއާން މުބާރާތް މިއަދު ފަށައިފި


ޖަމްޢިއްޔަތުލް ފަލާޙުން އިންތިޒާމްކޮށްގެން ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ 45 ވަނަ މުބާރާތް މިއަދު ފަށައިފިއެވެ.

ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ މި މުބާރާތުގައި މިއަހަރު 17 ސްކޫލަކުން 468 ދަރިވަރުން ބައިވެރިވެފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބައިން 326 ދަރިވަރުން، އަދި ހިތުން ކިޔެވުމުގެ ބައިން 142 ދަރިވަރުންނެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މާލޭގެ ޕްރައިމަރީ، ސެކަންޑްރީ އަދި ހަޔަރ ސެކަންޑްރީ ސްކޫލްތަކަށް ކަމަށް ޖަމްޢިއްޔަތުލް ފަލާހުން މަޢުލޫމާތުދެއެވެ.

މި މުބާރާތަކީ ދަރިވަރުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމާއި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ޤުރުއާން ކިޔަވަން ދަންނަ ގިނަ ދަރިވަރުން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށްވެސް ޖަމްޢިއްޔަތުލް ފަލާޙްއިން މަޢުލޫމާތުދެއެވެ.