ކުޅިވަރު

އިންގްލަނޑުގެ ސަޕޯޓަރުން ތަށި ލިބޭނެކަމުގެ އުއްމީދުގައި


އިންގްލަންޑް މިފަހަރު ޔޫރޯއާއި ކުރިމަތިލާއިރު، އާދައިގެ މަތިން މިފަހަރުވެސް އިންގްލަންޑްގެ ސަޕޯޓަރުންގެ އުއްމީދުތަކަކަށް ކުޑަވެސް ފަނޑުވުމެއް ނާދޭއެވެ.

50 އަހަރު ތައްޓެއް ނުލިބި އިނގިރޭސިން ކުރަމުން އަންނަ އިންތިޒާރު މިފަހަރު ނިމުމަކަށް އަންނާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. 1966ވަނަ އަހަރުގެ ވޯލްޑްކަޕަށް ފަހު އިންގްލަންޑަށް މިފަހަރުގެ ޔޫރޯ ލިބޭނެކަމަށް ސަޕޯޓަރުން އުއްމީދުކުރަނީ ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ.

އިންގްލަންޑް މިފަހަރުގެ ޔޫރޯ އުފުލާލާނެކަމަށް ގިނަ ބަޔަކު ބުނަމުންދާ މައިގަނޑު ސަބަބަކީ ޓީމްގައި އޮތް ޒުވާން ސްކޮޑެވެ. މިފަހަރު އިންގްލެންޑްގެ ސްކޮޑްގެ އެވަރެޖް އުމުރު 25 އަހަރަށްވާއިރު މިއީ ބޮޑު މުބާރާތެއްގައި މިދިޔަ 58 އަހަރުގެ ތެރޭގައި އިންގްލަންޑުން މިހާ ޒުވާން ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރެވެ. މިގޮތުން 2008 ވަނަ އަހަރާއި، 2012 ވަނަ އަހަރުގެ މުބާރާތްތަކުގައި ސެމީ ފައިނަލްގައި ވާދަކުރި ޓީމްތަކަށް ބަލާއިރު މިކަން ހާމަވެގެންދެއެވެ.

މި ޒުވާން ސްކޮޑާއި ދެކޮޅަށް ނިކުންނަ ރަޝިޔާއަކީ ޔޫރޯގައި އަބަދުވެސް ހީނުކުރާފަދަ ނަތީޖާތަކެއް ނެރޭ ޓީމެކެވެ. މިފަހަރުގެ މުބާރާތާއި ޓީމް ކުރިމަތިލާފައިވަނީ ވަރަށް ފުރިހަމަ ތައްޔާރީތަކަކާއެކީގައެވެ.

މުބާރާތުގައި ފެނިގެންދާ އެންމެ ޒުވާން ކޯޗާއިއެކީގައި ރަޝިޔާ ނިކުންނައިރު، ޓީމުގައި އަނިޔާގެ މައްސަލަތައްވެސް އެބައުޅެއެވެ. އެންމެ މުހިންމު ކުޅުންތެރިޔާ ޔުރީ ޒިވްކޯފް އަނިޔާގައި ހުރިއިރު، އެލެން ޒަގޯފް އަދި އިގޯ ޑެނިސޯފް ވެސް ހުރީ އަނިޔާގައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލަންޑް އަދި ރަޝިޔާ ވާދަކުރާ މެޗް ފަށާނީ ރާއްޖެގަޑިން މިރޭ ދަންވަރު ބާރަ ޖަހާއިރުއެވެ.