ޚަބަރު

ފުރާޅު މައްޗަށް ވެއްޓުނު މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެނީ


  • ފުރާޅު މައްޗަށް ވެއްޓުނީ 35 އަހަރުގެ ދިވެހި ފިރިހެނެއް

މާފަންނު ޖޭޒް ކެފޭ ފުރާޅު މައްޗަށް ވެއްޓުނު މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ޖޭޒް ކެފޭ ފުރާޅު މައްޗަށް މީހަކު ވެއްޓިފައިވާކަމުގެ މަޢުލޫމާތު ލިބުނީ ރޭ 11:14 ހާއިރުކަމަށެވެ. އެމްއެންޑީއެފްގެ އެހީތެރިކަމައެކު އޭނާ ނަގައިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަކަމަށް ފުލުހުން ރޭ ވިދާޅުވިއެވެ. ފުރާޅު މައްޗަށް ވެއްޓި އަނިޔާވީ 35 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިހާރު އެމީހާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގައިކަމަށާއި، އޭނާ ފުރާޅު މައްޗަށް ވެއްޓުނީ ޖޭޒް ކެފޭއާ ޖެހިގެން ހުރި ޢިމާރާތަކަށް ހޮޅިދަނޑިއަކުން އަރަނިކޮށްކަމަށް އޭނާ ބުނެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.