ޚަބަރު

ވ.އަތޮޅުގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ


  • މަރުވެފައިވަނީ ބެލަރޫސްގެ އަންހެނެއް

ވ. އަތޮޅުގައި މޫދަށް އެރިއުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ވ.އަތޮޅު ރިސޯޓެއްގައި މޫދަށް އެރިއުޅުނު ފަތުރުވެރިއެއް ގެނބިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު ކުރި 11:29 ހާއިރުކަމަށެވެ.

އެ ފަތުރުވެރިޔާ ފެލިދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދެއްވާ ފުލުހުން ވިދާޅުވިއެވެ. މަރުވެފައިވަނީ ޢުމުރުން 63 އަހަރުގެ ބެލަރޫސްއަށް ނިސްބަތްވާ އަންހެނެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.