ޚަބަރު

އަލިފުށީގައި މަސްހިފަން މޫދަށް ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ


  • މިއީ 24 އަހަރުގެ ފިރިހެނެއް

  • އޭނާ ގެއްލިގެން ރިޕޯޓްކުރީ 12:08ހާއިރު

އަލިފުށީގައި ފީނަށް ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ މަރުވެފައި އޮއްވާ ފެނިފައިވަނީ އަލިފުށި ކަނޑު ތޮށި ކައިރިން މަސް ހިފަން މޫދަށް ފޭބި 24 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެ މީހާގެ ހަށިގަނޑު މުދުން ނަގާ، މިހާރު ޞިއްޙީ މަރުކަޒަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ މަޢުލޫމަތު ދެއްވައިފައެވެ.

ފީނަން ފޭބި ތިން މީހެއްގެ ތެރެއިން އެކަކު ގެއްލިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓްކުރީ މެންދުރު 12:08ހާއިރުއެވެ. އޭނާ ގެންލިގެން ހޯދަން ފެށީ މެންދުރު 12:00ހާއިރުއެވެ. ހަށިގަނޑު ފެނުނީ 13:00ހާއިރުއެވެ.

ގެއްލިގެން ހޯދި މީހާގެ ހަށިގަނޑު ފެނިފައިވަނީ އަލިފުށި ދެކުނު ފަރާތު މޫދު އަޑިންކަމަށް މަޢޫލުމާތު ލިބެއެވެ. އޭނާގެ ހަޑިގަނޑު ނަގާފައިވަނީ ޑައިވަރުންގެ ޓީމަކުންނެވެ.