ދީން

ދިވެހި އަސްކަރިއްޔާގެ ޤުރުއާން މުބާރާތް ފަށައިފި


ރަމަޟާންމަހު ބާއްވަމުން އަންނަ ދިވެހި އަސްކަރިއްޔާގެ ހަތަރުވަނަ ޤުރުއާން މުބާރާތް ފަށައިފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮންފަރެންސް ހޯލުގައި ކުރިއަށްދާ މި ޤުރުއާން މުބާރާތުގައި 5 ކެޓަގަރީއަކުން 154 ފަރާތެއް ބައިވެރިވާއިރު، އޭގެ ތެރޭގައި 8 އަހަރުން ދަށް، 12 އަހަރުން ދަށް، 16 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރުން މަތީގެ ކެޓަގަރީތައް ހިމެނެއެވެ. މީގެއިން ކޮންމެ ކެޓަގަރީއަކުންވެސް ހިތުން ކިޔެވުމުގެ ބަޔާއި، ބަލައިގެން ކިޔެވުމުގެ ބައި ހިމެނެއެވެ. ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ސިފައިންނާއި، ސިފައިންގެ ޢާއިލާތަކުން އަދި ކުޑަކުދިންގެ ހިޔާގެ ދަރިވަރުން ބައިވެރިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

img:http://s4.psmnews.mv/images/660x400/14655591000497.jpg|އަސްކަރިއްޔާގެ ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

މި މުބާރާތުގައި ބަލައިގެން ކިޔަވާ ކެޓެގަރީގައި 26 ސިފައިން، އަދި ހިތުން ކިޔެވުމުގެ ބައިގައި 17 ސިފައިން ބައިވެރިވާއިރު، ކުޑަކުދިންގެ ހިޔާއިން 39 ކުއްޖަކާއި ސިފައިންގެ އާއިލާތަކުން 56 ފަރާތެއް މި މުބާރާތުގައި ބައިވެރިވެއެވެ. ސިފައިންގެ ކްލަބުން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް ސިސިލްފަރުން އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.