ޚަބަރު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: ކުޅިވަރުގެ މައުލޫމާތު އެންމެ ރަނގަޅަށް ފޯރުކޮށްދިން މީޑިއާއަކަށް ޕީއެސްއެމް


ދިވެހި ކުޅިވަރު ނޫސްވެރިކަމުގެ އެންމެ މަގްބޫލު އެއް ބްރޭންޑަކީ ޕީއެސްއެމްއެވެ. ވޭތުވެދިޔަ އެއް އަހަރަކީ ގޮންޖެހުންތަކާއެކުވެސް މީޑިޔާއެއްގެ ހައިސިއްޔަތުން ދިވެހި ކުޅިވަރުގެ މައުލޫމާތު ރައްޔިތުންނާ ހަމަޔަށް އިތުބާރާއެކު ފޯރުކޮށްދިން އެއް އަހަރުއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްގެ 2023ވަނަ އަހަރުގެ ދިވެހި ކުޅިވަރުގެ މައުލޫމާތު އެންމެ ރަނގަޅަށް ފޯރުކޮށްދިން ޗެނަލަކަށް ޕީއެސްއެމްގެ ޔެސްޓީވީ ހޮވިގެން ދިޔައީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ކުޅިވަރުގެ ތަފާތު އެކި އިވެންޓުތައް ވަގުތުން ގެނެސްދިނުމުގެ އިތުރުން ކުޅިވަރު އެތުލީޓުންނާ ގުޅުން ހުރި ގިނަ ޕްރޮގްރާމްތަކެއް ޕީއެސްއެމްގެ އެކި ޗެނެލްތަކުން ވަނީ ގެނެސްދީފައެވެ. މީގެތެރެއިން ވެސް ގައުމީ އެކި މުބާރާތްތަކާއި ބައިނަލްއަގުވާމީ މުބާރާތްތައް ފާހަގަކޮށްލެވެއެވެ.

ޔެސްޓީވީގެ ކަވަރޭޖް މިއަދު ފުޅާވެގެން އައިސް ސަރަހައްދީ އެކި މުބާރާތްތައް ރާއްޖޭގެ ބާއްވާނަމަ މި ޗެނަލަކީ އެންމެ ގިނަ ބަޔަކު ބަލަމުން އަންނަ ޗެނަލްގެގޮތުގައިވަނީވެފައެވެ. ކުޅިވަރުގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގެ ކޮންޓެންޓު ގެނެސްދިނުމަށް ޕީއެސްއެމުން އުފެއްދި މިޗެނަލުން މިވަނީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިތުބާރު ހޯދާފައެވެ.

ވޭތުވެދިޔަ އެއްއަހަރު ޔެސްޓީވީންވަނީ ރާއްޖޭގައި ބޭއްވި ބޮޑެތި ކުޅިވަރު އިވެންޓުތައް އެސޯސިއޭޝަންތަކުގެ އެހީތެރިކަމާއެކު އާއްމުންނާ ހަމަޔަށް ގެނެސްދީފައެވެ. މިއާއެކު ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރާއިރު އެކަމުގެ ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ޔެސްޓީވީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ޔެސްޓީވީން ވަނީ މިދިޔަ އެއް އަހަރު ތެރޭގައި އެކި ގަޑިތަކުގައި 20 މިނިޓުގެ ކުޅިވަރު ބުލެޓިންއެއް ދުވަހުގެ އޮންއެއަރގެ އެކި ގަޑިތަކުގައި ގެނެސްދީފައެވެ. މާލޭގެ ދުވާ ޓްރެކްގައި ބޭއްވި އެތުލެޓިކްސް މުބާރާތުން ފެށިގެން ގައުމީ ކުރިކެޓް ފައިނަލާއި ކުޅިވަރުގެ އެހެނިހެން ބޮޑެތި މެޗުތައް ވަނީ ގެނެސްދީފައެވެ. މި ހުރިހާ ކަމަކާއެކު ވާދަވެރި ކުޅިވަރު މީޑިއާތަކުގެ ތެރެއިން ކުޅިވަރުގެ ޚާއްސަ ބްރޭންޑަކަށް ޔެސްޓީވީ މިވަނީވެފައެވެ. ކުޅިވަރު ކުޅުންތެރިންނާއި ކޯޗުންނާއި އެތުލީޓުންގެ އިތުބާރު މިވަނީ ހޯދާފައެވެ. ކުޅިވަރު ދަނޑުތަކުން ފެންނަ އެންމެ ވިދުންގަދަ އިސްތިހާރު ބޯޑަކީވެސް ޔެސްޓީވީއެވެ.