އެންބީއޭގެ ޕްރީ-ސީޒަންގެ ތަމްރީންތަކުގެ ތެރެއިން ޑަލަސް މެވްރިކްސްގެ ތަރި ލޫކަ ޑޮންޗިޗްގެ ފައިގެ ކުޑަކަޅުވާއަށް އަނިޔާވެ، ދުވަސްތަކަކަށް ކުޅުމާ ދުރަށްދާން ޖެހިފައިވާ ކަމަށް އެ ޓީމުން ބުނެފިއެވެ.
އުމުރުން 25 އަހަރުގެ ޑޮންޗިޗްގެ އަނިޔާއާ ގުޅޭގޮތުން، މޭވްރިކްސްއިން ވަނީ އެއް ހަފުތާއަށްފަހު އިތުރަށް އަނިޔާގެ ތަފުސީލު ބަލާނެ ކަމަށް ބުނެފައެވެ.
އެންބީއޭގެ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މެވެރިކްއިންސް ވަނީ ތަމްރީނު ކޭމްޕަށްޓަކައި ލަސް ވޭގަސްއަށް ދަތުރުކޮށްފައެވެ. އަދި ޑޮންޗިޗް އެ ޓީމާއެކު ދަތުރުކޮށްފައިވާ ކަމެއް ނުވަތަ ޑަލަސްގައި މަޑުކޮށްފައިވާ ކަމެއްވެސް އެ ޓީމުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މިވަގުތު އެންބީއޭގައި ކުޅެމުން އަންނަ އެންމެ މޮޅު އެއްކުޅުންތެރިޔާ ކަމަށްވާ ޑޮންޗިޗަށް އަނިޔާވެފައިވާއިރު، މެވްރިކްސްގެ ފަށާ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކައިރީ އާވިންއަށްވެސް އޮފް ސީޒަންގައި ތަމްރީންތައް ކުރިއަށްގެންދަނިކޮށް ވަނީ އަނިޔާވެފައެވެ. މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި އާވިންގެ އަނިޔާއާ ގުޅޭގޮތުން ވަނީ، ބާސްކެޓްބޯޅައާ ގުޅުންހުރި ހަރަކާތްތައް އަލުން ފެށުމަށްފަހު، އޭނާގެ އަތުގެ ބޮޑުވާ އިނގިއްޔަށް ލިބިފައިވާ އަނިޔާ މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައެވެ.
ޑަލަސް މެވްރިކްސްއިން ވަނީ އެންމެ ފަހުގެ އެންބީއޭ ފައިނަލްސްގައި ވާދަކޮށް، ބޮސްޓަން ސެލްޓިކްސް އަތުން 4-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.