ޚަބަރު

ލެއްޗެ ބަލިކޮށް އޭސީ މިލާން ދެވަނައަށް


އިޓާލިއަން ލީގުގައި ރޭ ލެއްޗެއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ލީގުގެ ދެވަނައަށް އޭސީ މިލާން ޖެހިލައިފިއެވެ.

މި މެޗުގައި މިލާނުން ޖެހި ތިން ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގައި އެންމެ ފަސް މިނިޓުގެ ތެރޭގައެވެ.

މިލާނުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު 38 ވަނަ މިނިޓުގައި އަލްވާރޯ މޮރާޓާ ވަނީ ލަނޑެއް ޖަހާ މިލާނަށް ކުރި ހޯދަދީފަ އެވެ.

އަދި 41 ވަނަ މިނިޓުގައި ތިއޯ ހަނާންޑޭޒް އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކުރިތާ ދެ މިނިޓް ފަހުން ކްރިސްޓިއަން ޕުލިސިޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފްގައި ވެސް އޭސީ މިލާނަށް ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފައިވާއިރު, ލެއްޗެ އިން ވަނީ ދެވަނަ ހާފްގައި އެ ޓީމުގެ ކުޅުން ރަގަޅުކޮށްފަ އެވެ.

މި މެޗުން މޮޅުވުމާއެކު އޭސީ މިލާނަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން 11 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ޓޮރީނޯ އަށް ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު, މި ހަފްތާގައި އެ ޓީމު އަދި އިތުރު މެޗެއް ކުޅޭނެ އެވެ.