ޚަބަރު

ޓްރަމްޕަށްވުރެ ހިލާރީއަށް ތާއީދުކުރާ މީހުން ގިނަ


ރިޕަބްލިކަން ޕާޓީގެ ފަރާތުން އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް މަސައްކަތްކުރައްވާ ޑޮނަލްޑް ޓްރަމްޕަށް ވުރެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވުމަށް މަސައްކަތްކުރައްވާ ހިލަރީ ކްލިންޓަން އަށް އެމެރިކާގެ ރައްޔިތުންގެ ތާއީދު ބޮޑުކަން ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފިއެވެ. 

ރޮއިޓަރސްއާއި އެޕްސޯސް ކުންފުނި ގުޅިގެން މިދިޔަ ހަފްތާގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ދައްކާގޮތުން ޓްރަމްޕަށް އެމެރިކާގެ ޢާންމުންގެ ތިރީސް ފަހެއް އިންސައްތަ މީހުން ތާއީދުކުރާއިރު، ހިލަރީ އަށް ސާޅީސްފަހެއް އިންސައްތަ މީހުން ތާއީދުކުރެއެވެ. 

މީގެކުރިން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާ ދައްކާގޮތުންވެސް ޓްރަމްޕަށް ވުރެ ހިލަރީ އުޅެނީ ގާތްގަނޑަކަށް ފަނަރަ އިންސައްތަ ކުރީގައެވެ. ނަމަވެސް އެންމެފަހުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުތައް ދައްކާގޮތުން ހިލަރީއާއި ޓްރަމްޕާ ދެމެދުގައިވާ ފަރަގު އަންނަނީ ކުޑަވަމުންނެވެ.