ޚަބަރު

24 އަހަރުގެ ޒުވާނަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި


މިއަދު ހަވީރުގެ ވަގުތެއްގައި މާލޭގައި ޒުވާނެއްގެ ގަޔަށް ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލައިފިއެވެ. އައިޖީއެމްއެޗުން ވިދާޅުވީ ޒަޚަމްވެގެން ގެންދިޔަ 24 އަހަރު ޒުވާނަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށާއި، އޭނާގެ ވާތުފައިގެ ފަލަމަސްގަނޑު ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށެވެ. އަދި މިހާރު އޭނާގެ ސަރޖަރީއެއް ހަދާފައިވާ ކަމަށްވެސް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

އިއްޔެއާއި ރޭ މާލޭގައި ހިނގި މާރާމާރީއެއްގައި ވަނީ ސާދަ އަހަރުގެ ދެ ކުއްޖަކު މަރުވެފައެވެ. އަދި މާރާމާރީތަކާއި ގުޅިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ނަވާރަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ހ.ދޫހިމެރިގެއިން ހަތް މީހަކު އަދި މ.ޖޭޑުން އަށް މީހުންނެވެ. އަދި މ.ލޮނުމިދިލިގޭ ފާސްކޮށް ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.