ޚަބަރު

އިސްލާމިކް މިނިސްޓްރީގެ އާއިލީ މާހެފުން


ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ކުރިޔަށްގެންދަވާ ޙަރަކާތްތަކުގެ ތެރެއިން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން މާހެފުމެއް ބާއްވައިފިއެވެ. 

ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު "އާއިލީ މާހެފުން" މިނަމުގައި ބޭއްވި މާހެފުން ފަށްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއެވެ. މާހެފުމަށް މާލެއާއި ވިލިމާލެއާއި ހުޅުމާލޭގެ ދިރިއުޅޭ ރައްޔިތުންނަށް ދަޢުވަތު އަރުވާފައިވާއިރު، މާހެފުމުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ބައިވެރިވިއެވެ. 

img:http://s4.psmnews.mv/images/660x400/14650482000713.jpg|އިސްލާމިކް މިނިސްޓްރީގެ އާއިލީ މާހެފުމުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

އިސްލާމިކް މިނިސްޓްރީން ވަނީ މާހެފުމަށް މަހާއި ކާއްޓާއި، ކަދުރާއި، ބޮނޑިބަތާއި ފެން ހަދިޔާކުރައްވާފައެވެ. އަދި އިހުޒަމާނުގައި ދިވެހިން ކެއުމުގައި ބޭނުންކުރާ ބައެއް ބާވަތްތައް ތައްޔާރުކޮށްގެން ބައެއް ފަރާތްތަކުން އެސަރަޙައްދަށް ގެންގޮސްފައިވެސްވެއެވެ.