ޚަބަރު

ދޯންޏެއް ބިންދައިގެން ގޮސް، 3 މީހަކު ކަނޑުވެއްޖެ


މާލެއިން ފުރައިގެން ވ. ފުލިދުއަށް ދަތުރުކުރި ދޯންޏެއް ބިންދައިގެންގޮސް، 3 މީހަކު ކަނޑުވެއްޖެއެވެ. 

އެމްއެންޑީއެފުން ވިދާޅުވީ ބިންދައިގެން ގޮސްފައިވަނީ "އައްޓަމަސް" ނަމަކަށް ކިޔާ ދޯންޏެއްކަމަށެވެ. އަދި ކަނޑުވި 3 މީހުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއްގައި މާލެ ގެނެސްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.