ސިއްހަތު

ބިލެތްދޫ ސިއްޙީ މަރުކަޒު، 16 ގަޑިއިރު ޙިދުމަތްދޭ މަރުކަޒަކަށް


ފ. އަތޮޅު ބިލެތްދޫ ސިއްޙީމަރުކަޒު 16 ގަޑި އިރު ޙިދުމަތްދޭ މަރުކަޒަކަށް ބަދަލުކުރައްވައިފިއެވެ. ބިއްލެއްދޫ ޞިއްޙީ މަރުކަޒު 16 ގަޑިއިރަށް ބަދަލުކުރުމުގެ ކުރިން ޚިދުމަތްދެމުންއައީ 8 ގަޑިއިރުއެވެ.

ބިލެތްދޫ ސިއްޙީމަރުކަރު 16 ގަޑިއިރަށް ބަދަލުކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މިކަމުގެ ސަބަބުން ބިލެތްދޫއަށާއި، ބިލެތްދޫ ކައިރީގައިވާ ރަށްތަކުގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށްވެސް ސިއްޙީ ހިދުމަތް ލިބިގަތުމުގައި ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި ސިއްޙީ ހިދުމަތްދޭ މަރުކަޒު ގިންތި ކުރެވިފައިވާގޮތަށް ބަލައި، ފޯރުކޮށްދޭންޖެހޭ އެންމެހާ ޙިދުމަތެއް ފޯރުކޮށްދެވޭނެ އިންތިޒާމެއް ޤާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި ބިލެތްދޫ ސިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި، ކައުންސިލްގެ މުވައްޒަފުން ވަނީ ބައްދަލުކުރައްވާފައެވެ. އަދި ސިއްޙީ ހިދުމަތް ދިނުމުގައި ހުރި ދަތިތަކާ ބެހޭގޮތުން މިނިސްޓަރ މައުލޫމާތު އޮޅުން ފިލުއްވާފައިވެއެވެ.