ޚަބަރު

ދުނިޔޭގެ ޗާޓާއެކު ރައީސް ދެއްކެވީ މިއަދުގެ ނުރައްކާތެރި ޙާލަތު!


  • ރައީސްގެ ތަޤުރީރުގައި ވަނީ ޗާޓެއް ބޭނުންކުރައްވައިގެން ދުނިޔެއަށް އޮތް ނުރައްކާ ހާމަކޮށްދެއްވާފައި

ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާއިރުވެސް ބައިނަލްއަޤްވާމީ މުޖްތަމަޢުއިން އޮތީ އެކަށީގެންވާ މަސައްކަތެއް ނުކޮށް، އެކަމާއި އަޅާނުލާކަމަށް ރައީސުލްޖުުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދގެ 79 ވަނަ އާއްމު މަޖިލީހުގައި ދެއްވި ތަޤުރީރުގައެވެ.

އދގެ 79 ވަނަ އާއްމު މަޖިލީހުގައި ދެއްވި ތަޤުރީރު ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާގެ ވަނީ ދުނިޔެއަށް މިވަގުތު ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެ މައްސަލަތަކުގެ ސަބަބުން އަސަރުނުކުރާ ޤައުމެއް ނެތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެ ހުރިހާ މައްސަލަތަކެއް ބޮޑުވަމުންދާއިރު، ދުނިޔެ އޮތީ އެކަށީގެންވާ މަސައްކަތެއް ނުކޮށް، އެކަމާއި އަޅާނުލާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ހަމަޖެހުމުގައި އޮތް އދއެއް. ނުތަނަވަސްކަމުގައި އޮތް އދއެއް ނޫން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި މައްސަލަތަކަށް ބައިނަލްއަޤްވާމީ ނިޒާމެއްގެ ތެރެއިން ހައްލުތަކެއް ހޯދަންޖެހޭކަމަށެވެ. އަދި އަމަލީގޮތުން މަސައްކަތެއް ނުކޮށް، ވާހަކަތަކެއް ދައްކަން ވަގުތު ނެތްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ފާހަގަކުރެއްވިއެވެ.