ޚަބަރު

ފިސްތޯލަ ގެންގުޅުނު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި


ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ފިސްތޯލަ ގެންގުނު ކަމަށް ބުނެ ދައުލަތުން އުފުއްލެވި ދަޢުވާގެ އަޑުއެހުންތައް ނިންމާލައިފިއެވެ. 

މިމައްސަލާގައި މިއަދު ބާއްވާފައިވަނީ، ހުލާސާ ބަޔާން ހުށަހެޅުމެވެ. އެހެންނަމަވެސް ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބުނެ، މިއަދުގެ އަޑުއެހުން ކުރިޔަށް ގެންގޮސްފައިވަނީ، އެއްވެސް މީހަކަށް ނުވަދެވޭގޮތަށެވެ. މިމައްސަލާގައި ޙުކުމް ކުރައްވާނެ ދުވަހެއް ފަހުން އިޢުލާން ކުރައްވާނެކަމަށް މައްސަލަ ބައްލަވާ ޣާޒީ ވިދާޅުވިއެވެ. 

އަދީބު ފިސްތޯލަ ގެންގުޅުނުކަމަށް ބުނެ، ޢޭނާއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ދެމީހަކު ވަނީ އަދީބާ ދެކޮޅަށް ހެކިބަސް ދީފައެވެ. އެ ދެމީހުންވެސް ބުނެފައިވަނީ، އަދީބު ދިރިއުޅުއްވާ ގ. ހުމަށިގޭ އެޕާރޓްމަންޓްގައި ދެ ފިސްތޯލައާއި ވަޒަންތަކެއް ގެންގުޅުއްވާފައިވާކަމަށެވެ.