ވިޔަފާރި

އުރީދޫއަށް މޮބައިލް ޕޭމަންޓް ސަރވިސް ލައިސަންސް ދީފި


އުރީދޫ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި މޮބައިލް ޕޭމަންޓްގެ ޚިދުމަތްދިނުމަށް ބޭނުންވާ މޮބައިލް ޕޭމަންޓް ސަރވިސް ލައިސަންސް ދެއްވާފައިވާކަމަށް ކަމަށްމޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭ އިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް ހަރުދަނާގޮތެއްގައި ތަރައްޤީ ކުރައްވާ، ބޭންކިން ޚިދުމަތް ފަސޭހައިން ލިބެން ނެތް ފަރާތްތަކަށް ވެސް ރައްކާތެރި އަދި ހަލުވިނިޒާމެއްގެ ދަށުން ފައިސާގެ މުޢާމަލާތްތައް ހިންގޭނެ ގޮތްތަކެއް ހަމަޖެއްސެވުމަކީއެ އޮތޯރިޓީން ވަރަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ. އެގޮތުން ދިވެހިރާއްޖެއަކީމޯބައިލް ފޯނު ނެޓްވޯކް ފުޅާވެފައިވާ ޤައުމަކަށް ވާތީ، މޮބައިލް ފޯނު މެދުވެރިކޮށްފައިސާ ދެއްކުމާއި ފޮނުވުމުގެ ޚިދުމަތް ދޭން ފެށުމަކީ ޢާއްމުންނަށް ފަސޭހަތަކެއްވެގެންދާނެ ކަމެއް ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

މީގެ އިތުރުން އެފަދަ ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ މެދުގައި އިތުރަށްވާދަވެރިކަން އުފެދިގެންދާނެ ކަމެއްކަމަށް ގަބޫލުކުރާ ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ.

އެމްއެމްއޭއިން ވިދާޅުވީ، އެ އޮތޯރިޓީން މަސައްކަތް ކުރައްނީ ދިވެހިރާއްޖޭގައި މޮބައިލް ފޯނު މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ޚިދުމަތްދޭ ހުރިހާފަރާތްތަކުގެ ސިސްޓަމްތައް ގުޅާލެވިގެން އެ ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސެވުންކަމަށެވެ.