ޚަބަރު

ސަމިޓް އޮފް ދަ ފިއުޗަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި


  • ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދައްކައި، ހައްލުތައް ހޯދުމަށް މަޝްވަރާކުރާނެ

އދ.ގެ މައިމަރުކަޒުގައި ކުރިއަށްދާ ސަމިޓް އޮފް ދަ ފިއުޗަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

މި ސަމިޓަކީ ދުނިޔޭގެ ލީޑަރުން އެއްތަނަކަށް ޖަމާވެ، މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދައްކައި، ހައްލުތައް ހޯދުމަށް މަޝްވަރާކުރުމަށް ބާއްވާ މަތީ ފަންތީގެ ބައްދަލުވުމެކެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓުގައި "ޕެކްޓް ފޮރ ދަ ފިއުޗަރ" ކަރުދާހުގެ ތެެރެއިން ޤައުމުތަކުން ވަޢުދުވެފައިވާ ކަންކަން އަވަސްކުރުމަށާއި، މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް އަވަސް ހައްލުތަކެއް ހޯދުމަށް މަޝްވަރާކުރާނެއެވެ.

ސަމިޓް އޮފް ފިއުޗަރ ހުޅުވުމުގެ ރަސްމިއްޔާތު މިހާރު ކުރިއަށްދާއިރު، މި ސަމިޓުގައި ރަައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސަމިޓުގެ ތެރެއިން ކުރިއަށްދާ ބައެއް ބައްދަލުވުންތަކުގެ ރިޔާސަތުވެސް އެމަނިކުފާނު ބަލަހައްޓަވާނެއެވެ.