ތިމާވެށި

ގއ. ވިލިނގިލީގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫޢު ފަށައިފި


ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ސަރުކާރުން ކުރިއަށް ގެންދަވާ ސޯލާ ޕެނަލް ހަރުކުރެއްވުމުގެ މަޝްރޫޢުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ވިލިނގިލީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ގއ. ވިލިގިލީ ކައުންސިލްގެ މެމްބަރ ޙުސައިން ސޮބްރީ ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ސޯލާ ޕެނަލް ހަރުކުރެވެމުންދަނީ އަތޮޅު ހޮސްޕިޓަލް، ފެނަކަ އިމާރާތް، ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރުން ޕޮލިސް ސްޓޭޝަންގައި ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދެ ފުރާޅެއްގައި މިހާރު ސޯލާ ޕެނަލް ހަރުކޮށްފައިވާ ކަމަށްވެސް ސޮބްރީ ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީއިން ވިދާޅުވީ ގއ.ވިލިނގިލި، އައްޑޫ ސިޓީ، ބ.ގޮއިދޫ، ޅ.ކުރެންދޫ، އަދި ތ.ބުރުނީގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތަކެއް ޤާއިމްކުރެއްވުމުގެ ޕްރޮޖެކްޓުގައި ޖުމްލަ 2.5 މެގަވޮޓްގެ ހަކަތަ އިރުގެ އަލި ބޭނުންކޮށްގެން އުފައްދަން ނިންމާފައިވާ ކަމަށެވެ. އަދި، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލު ގަޑީގެ ޕީކްލޯޑުގެ 30 އިންސައްތަ، އިއާދަކުރަނިވި ހަކަތައިގެ ވަޞީލަތްތައް މެދުވެރިކޮށް ކަރަންޓު ފޯރުކޮށްދިނުން ކަމަށް އެންވަޔަރމެންޓް މިނިސްޓްރީން ވިދާޅުވެއެވެ.