ޚަބަރު

ސިނަމާލެ ބްރިޖް ލައިޓު ކައިރިން 2 ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި


  • އެކްސިޑެންޓުގައި އަނިޔާވީ އަންހެން މީހާއަށް ފަރުވާ ދެނީ ހުޅުމާލެ ހޮސްޕިޓަލުގައި

ސިނަމާލެ ބްރިޖް އެއަރޕޯޓް ޓްރެފިކް ލައިޓު ކައިރީ އެކްސިޑެންޓެއް ހިންގައި އެކަކަށް އަނިޔާވެއްޖެއެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ 2 ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 12:57 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިއެކްސިޑެންޓުގައި އަނިޔާވެގެން އިތުރު ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ދިވެހި އަންހެނެކެވެ.

ފުލުހުން ވަނީ މި އެކްސިޑެންޓުގައި ހިމެނޭ ދެފަރާތަކީވެސް ސައިކަލު ދުއްވުމުގެ ލައިސެންސް އޮތް ދެފަރާތްކަން ހާމަކޮށްފައެވެ. އަދި މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.