އޮންލައިން ސިސްޓަމެއް މެދުވެރިކޮށް މުދަލު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ.
މިމަހުން ފެށިގެން މުދަލު ޒަކާތް މީރާ އިން ވަނީ ބަލައިގަންނަވަން ފައްޓަވާފައެވެ.
މުދަލު ޒަކާތް މީރާއިން ބަލައިގަންނަވާގޮތަށް ހަމަޖައްސަވާފައި ވީ ނަމަވެސް ޒަކާތް ބެހުމުގެ މަސައްކަތް ކުރިއަށްގެންދަވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ.