ޚަބަރު

އީރާނުގައި ބޯޓުދެލި ނަގާ މައިނެއް ގޮވައި 30 މީހުން މަރުވެ 24 މީހުން ގެއްލިއްޖެ


އީރާނުގައި ބޯޓުދެލި ނަގާ މައިނެއް ގޮވައި 28 މީހުން މަރުވެ 24 މީހުން ގެއްލިއްޖެއެވެ. އެ ހާދިސާގައި އިތުރު 17 މީހުން ވަނީ ޒަޚަމުވެފައެވެ.

އީރާނުގެ ދެކުނު ޙުރާސާން ޕްރޮވިންސްގައި މަދަންޖޫ ކުންފުނިން ހިންގައި ބޯޓުދެލި ނަގާ މައިނު ގޮވައިފައި ވަނީ މީތޭން ގޭހުގައި ރޯވެގެން ކަމަށް ބެލެވެއެވެ. އެ މައިނުގައި އެ ވަގުތު 69 މީހުން މަސައްކަތް ކުރަމުން ދިޔައެވެ. އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވަނީ މަރުވި މީހުންގެ ޢާއިލާއަށް ތަޢުޒިޔާ ކިޔުއްވައިފައެވެ.

އީރާނުގެ ބޯޓުދެލި ނެގުމުގެ ސިނާޢަތަކީ އެހާ ބޮޑަށް ތަރައްޤީވެފައިވާ ދާއިރާއެއް ނޫނެއެވެ. ނަމަވެސް އީރާނުން އަހަރަކު ދެ މިލިޔަން ޓަނުގެ ބޯޓުދެލި ނަގައެވެ.