ޚަބަރު

ހުޅުމާލެއިން ބިދޭސީއަކަށް ހަމަލާދީ މާރާމީއެއް ހިންގައިފި


  • މިމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 3:05 ހާއިރު

ހުޅުމާލެއިން ބިދޭސީއަކަށް ހަމަލާ ދީ މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 3:50 ހާއިރުކަމަށެވެ. އަދި މިމައްސަލާގައި އަނިޔާވި ބިދޭސީ މީހާއަށް ފަރުވާ ދިނުމަށް، ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި، މައްސަލަ ތަހުޤީޤު ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.