އައްޑޫ ސިޓީ މަރަދޫއިން މީހަކު ގެއްލިގެން ރިޕޯޓުކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ގެއްލިގެން ހޯދަމުންދަނީ ސ. މަރަދޫ އަޙްމަދު ހާރޫން ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން ވިދާޅުވީ، ސ.މަރަދޫއިން ފިރިހެނަކު ގެއްލިގެން މިއަދު މެންދުރު 13:30 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާކަމަށެވެ. މިގޮތުން އޭނާ ރޭގެ 19:00 ހާއިރު ގެއިން ނިކުމެގެންދިޔަ ގޮތަށް ޚަބަރެއް ނުވާކަމަށް ޢާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވެއެވެ.
މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. މިމައްސަލައާއި ގުޅޭ އިތުރު މަޢުލޫމާތެއް އަދި ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.