ޚަބަރު

ވިލާ ގޭހުން ވިއްކާ 10 ކިލޯގެ ގޭސްފުޅީގެ އަގުހެޔޮކޮށްފި


ވިލާ ގޭހުން ވިއްކާ 10 ކިލޯގެ ކައްކާ ގޭސް ފުޅީގެ އަގު 200 ރުފިޔާއަށް ކުޑަކޮށްފިއެވެ.

ވިލާ ހަކަތައިން މައުލޫމާތުދިން ގޮތުގައި މިމަހުގެ އެކަކުން ފެށިގެން އެކުންފުނިން ވިއްކާ ކައްކާ ގޭހުގެ 10 ކިލޯގެ ފުޅިއަކުން 10 ރުފިޔާ ހެޔޮކޮށްފައިވާ ކަމަށާއި އެގޮތުން ކުރިން 210 ރުފިޔާއަށް ވިއްކަމުން އައި 10 ކިލޯގެ ގޭސް ފުޅީގެ އަގު މިހާރު 200 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ.

މިބަދަލް ގެނެސްފައިވަނީ ވިލާ ގޭހުގެ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ކައްކާ ގޭސް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ވިލާ ހަކަތައިން ހާމަކުރެއެވެ.

ވިލާ ގޭހުގެ އިތުރުން، މޯލްޑިވް ގޭހުންވެސް ވަނީ 10 ކިލޯގެ ގޭސްފުޅީގެ އަގު 200 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.