ޚަބަރު

ސޮސިއެޑާޑް އަތުން ރެއާލަށް އުނދަގޫ މޮޅެއް


ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ދެ ލަނޑަކީވެސް ރެއާލް މެޑްރިޑަށް ލިބުނު ދެ ޕެނަލްޓީއިން ކާމިޔާބުކޮށްފައިވާ ދެ ލަނޑެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފްގައި ލަނޑެއް ފެނިގެން ގޮސްފައިނުވާއިރު ސޮސިއެޑާޑް އިން ފޮނުވާލި ދެ ހަމަލައެއް ވަނީ ބަޔާންގެ ގޯލުގެ ދަނޑިއަށް އަމާޒު ވެފައެވެ. އެއީ މެޗުގެ 25 ވަނަ މިނިޓުގައި ލޫކާ ސުސިޗް އަދި 35 ވަނަ މިނިޓުގައި ޝެރަލްޑޯގެ ފޮނުވާލި ބާރު ހަމަލަ އެވެ.

މި މެޗުގައި ރެއާލް މެޑްރިޑް އިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 58 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއިން ކާމިޔާބުކޮށްދީފައިވަނީ ވިނިސިއަސް ޖޫނިއާ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ. އަދި ވިނިސިއަސްގެ ފޯމު ގެއްލިފައިވާކަމަށް ގިނަ ބަޔަކު ބުނަމުންދަނިކޮށް ކާމިޔާބުކުރި މި ލަނޑާއެކު އޭނާއަށް އިތުރު ހިތްވަރެއް ލިބިގެންދާނެ އެވެ.

ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އިން ކިލިއަން އެމްބާޕޭ ކާމިޔާބުކުރިއިރު, މިއީ އޭނާ ރެއާލް އަށް ކާމިޔާބުކޮށްދިން ތިންވަނަ ލަނޑެވެ.

މި މެޗުން މޮޅުވުމާއެކު ރެއާލް އަށް ވަނީ ކުޅުނު ފަސް މެޗުން 11 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާ އަށް 4 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު މިރޭ ބާސެލޯނާ ނިކުންނާނީ ޖިރޯނާ އާއި ދެކޮޅަށެވެ.