ވިޔަފާރި

ވިޔަފާރި ރަޖިސްޓްރީކުރުމަށް މިއަދުން ފެށިގެން އައު ފޯމެއް !


ވިޔަފާރި ރަޖިސްޓްރީ ކުރުމަށް މިއަދުން ފެށިގެން ބޭނުންކުރަން ޖެހޭނީ އަލަށް ތަޢާރަފް ކުރައްވާފައިވާ ފޯމުކަމަށް އިކޮނޮމިކް މިނިސްޓްރީއިން ހާމަކުރައްވައިފިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ވިޔަފާރި ރަޖިސްޓްރީ ކުރުމަށް ކުރިން ބޭނުން ކުރަމުންދިޔަ ފޯމު މިއަދުން ފެށިގެން ބޭނުން ނުކުރާނެކަމަށާއި، އަލަށް ތަޢާރަފްކުރައްވާފައިވާ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން މިހާރު ޑައުންލޯޑް ކުރެވޭނެކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރުމަށް ހުށައަޅާ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާރޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތައް ރަޖިސްޓްރީ ކުރުމަށް ކުރިން ބޭނުންކުރަމުން ދިޔަ ފޯމުގެ ބަދަލުގައި އާ ފޯމެއް ތަޢާރަފް ކުރައްވާފައެވެ.