ވިޔަފާރި

އެމްއައިބީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 24.8 މިލިއަން


މޯލްޑިވްސްއިސްލާމިކް ބޭންކް  އަށް މިދިޔަ އަހަރުސާފު ފައިދާގެ ގޮތުގައި 24.8 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

އެމްއައިބީއިން ދާދި ފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ވިޔަފާރިތަކަށް ދޫކުރި މާލީ އެހީން އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 50 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެމްއައިބީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ވިޔަފާރިކޮށްގެން ޖުމްލަ  އާމްދަނީގެގޮތުގައި 92 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެ ބޭންކުން މިދިޔަ އަހަރު ޕްރޮވިޝަނަށާއި ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 33.7 މިލިއަންރުފިޔާ ލިބިފައިވެއެވެ.

އެމްއައިބީއިން މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި 7.9 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ. އިސްލާމިކްބޭންކަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 24.8 މިލިއަން ރުފިޔާ ލިބުނުއިރު2014 ވަނަ އަހަރު އެ ބޭންކަށް ލިބިފައި ވަނީ 13.9 މިލިއަން ރުފިޔާއެވެ. މިދިޔައަހަރުގެ އެ ބޭންކުގެ ހިއްސާއަކަށް 138ރ. ޖެހިފައިވެއެވެ.