ޚަބަރު

ރާއްޖޭގެ ސްކައުޓް ހަރަކާތައް 60 އަހަރުފުރުން ފާހަގަކުރަނީ


ރާއްޖޭގެ ސްކައުޓް ޙަރަކާތް ހިންގަމުންދާތާ 60 އަހަރު ފުރުމާއި ގުޅިގެން އިސްކަންދަރު ސްކޫލްގެ ސްކައުޓުން ޚާއްޞަ ޙަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

އިސްކަންދަރު ސްކޫލްގެ ސްކައުޓުން ކުރިއަށްގެންދިޔަ މިޙަރަކާތުގައި އިސްކަންދަރު ސްކޫލްގެ ސްކައުޓުންގެ ނަމްބަރު ދޭއް ޔުނިފޯމް ވަނީ ތަޢާރަފްކޮށްފައެވެ. މީގެ އިތުރުން "ޚާއްސަ ގަސް" ގެ ނަމުގައި ވަނީ ޕްރޮގްރާމެއް އިފްތިތާޙްކޮށްފައެވެ.

މި ޕްރޮގްރާމްގައި ސްކޫލްގެ ހުރިހާ ސްކައުޓުންނާއި ގްރޭޑް 4 އަދި 5ގެ ކަބް ސްކައުޓުން މާ އަޅާ އެއްހާސް ގަހުގެ އޮށް އިންދައިގެން އެ ހައްދައި ބޮޑުކުރުމަށް ހަމަޖެހިފައިވާކަމަށް އިސްކަންދަރު ސްކޫލްގެ ސްކައުޓުން މަޢުލޫމާތުދެއެވެ.

މިޕްރޮގްރާމްގައި ގަސްތަކުގައި މާއަޅަން ތައްޔާރުވުމުން ޚާއްސަ ދެދުވަސް ކަނޑައަޅާއި އެދެދުވަހު ގަސްތައް ވިއްކުމަށް ހަމަޖެހިފައިވާކަމަށާއި، ގަސްތައް ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނީ ސްކައުޓް ޙަރަކާތް ހިންގުމަށްޓަކައި ބޭނުންވާ ބައެއް ތަކެތި ގަތުމަށްކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.

1956 ވަނަ އަހަރު ރާއްޖޭގައި ފެށި ސްކައުޓް ޙަރަކާތްތަކަށް އިއްޔެ  60 އަހަރު ފުރުނުއިރު، ދުނިޔޭގައި ސްކައުޓް ޙަރަކާތްތައް ފެށިގެން ހިންގަމުން އަންނަތާ މިއަހަރު 109 އަހަރު ވާނެއެވެ.