ޚަބަރު

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ދާޚިލީ ވުޒާރާގެ ދަށަށް


  • ކޭމް މިހާތަނަށް ހިނގަމުން އައީ ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު ޚިދުމަތްތަކާބެހޭ ވުޒާރާގެ ދަށުން

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއަކީ ދާޙިލީ ސަލާމަތާއި ފަންނީއްޔާތާބެހޭ ވުޒާރާގެ ދަށުން ހިންގަވާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ކޭމް މިހާތަނަށް ހިނގަމުން އައީ ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު ޚިދުމަތްތަކާއިބެހޭ ވުޒާރާގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މިއަދުން ފެށިގެން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ހިނގާނީ ދާޚިލީ ސަލާމަތާއި ފަންނީއްޔާތާބެހޭ ވުޒާރާގެ ދަށުންކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ އިތުރުން ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ، އެންސީއައިޓީވެސް ވަނީ ދާދިފަހުން އެ ވުޒާރާގެ ދަށަށް ބަދަލުކުރައްވާފައެވެ.