ވިޔަފާރި

މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށްފި


މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުކުރަން މިފްކޯއިން ނިންމައިފިއެވެ.

ދޮޅު ޓަނަށްވުރެ އިތުރަށް ކިރުވާ ކޮންމެ މަސް ކިލޯއެއް މިފްކޯއިން ދެން ގަންނަމުން ގެންދާނީ، 21.50 ރުފިޔާއަށް ކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯއަށް މީގެކުރިން މަސް ގަންނަމުން އައީ ކިލޯއެއް 19 ރުފިޔާއަށެވެ.

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އަދުލީ އިސްމާއިލް ވިދާޅުވީ، މިފްކޯއިން މަސްގަންނަ އަގު ބޮޑު ކުރަން ނިންމީ މިދުވަސްވަރު މަހުގެ ޑިމާންޑު ބޮޑުވުމުގެ ސަބަބުންނާއި މަސްވެރިން މަހަށް ނިކުތުމަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ.

ދޮޅު ޓަނަށްވުރެ އިތުރަށް ކިރުވާ ކޮންމެ ކިލޯއެއްގެ އަގު މިފްކޯއިން ބޮޑުކުރި ނަމަވެސް ދޮޅު ޓަނަށްވުރެ މަދުން ކިރުވާ ނަމަ ކިލޯއެއްގެ އަގަކީ،  އަދިވެސް 19 ރުފިޔާއަށް ކަމަށް މިފްކޯއިން މަޢުލޫމާތުދެއެވެ.