ސިއްހަތު

ހެންވޭރުގައި އެސްޓީއޯއިން ފާމަސީއެއް ހުޅުވައިފި


ހެންވޭރުގައި އެސްޓީއޯއިން ފާމަސީއެއް ހުޅުވައިފިއެވެ.

"އެސްޓީއޯ ހެންވޭރު ފާމަސީ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ ޗެއަރމަން އަޙްމަދު ނިޔާޒް ވިދާޅުވީ އެސްޓީއޯގެ ބޭނުމަކީ ހަމަ އެކަނި ބޭސްވިއްކުން ނޫން ކަމަށާއި ޞިއްޙީ ގޮތުން ފައިދާކުރާނެ އެހެނިހެން ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯގެ ބޭނުމެއް ކަމަށެވެ. އެގޮތުން އެސްޓީއޯގެ ހެންވޭރު ފާމަސީން އެފަދަ ބައެއް ޚިދުމަތްތައް ހިލޭ ފޯރުކޮށްދެއްވާނެ ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ވަނީ ތެލެސީމިއާ ހުންނަ 3 ކުއްޖަކަށް ކްރޯނޯ ޕަމްޕާއި، މޯލްޑިވިއަން ބްލަޑް ސާވިސްއަށް ބްލަޑް ބޭގްސް އަދި ދަމަނަ ވެއްޓަށް ނިކޮޓީން ޕެޗުތަކެއް ހަދިޔާކޮށްފައެވެ.

މިފާމަސީން ބޭހުގެ ޚިދުމަތުގެ އިތުރުން ޞިއްޙީ ބައެއް ޚިދުމަތްތައްވެސް ހިލޭ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.